އިސްލާމްދީން

އިސްލާމީ އިޤްތިޞާދު – އިސްލާމީ ތަޢުލީމް – ޤުރުއާނުގެ ޢިލްމު – ޢަރަބި ބަހުގެ ފަންނު – ދީނީ އިރުޝާދު – ތަރާވީހަށް ހާފިޒުން

 ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލެވެ. އިސްލާމްދީނުގެ ވަށައިގެން އަތުރާލެވިފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ރިވެތި އަޚުލާޤާއި ވައްޓަފާޅިއެވެ. ދިވެހި ރަށްތަކުގެ ޞުލްޙަމަސަލަސްކަމާއި އަމާންކަމެވެ. އުފަލާއެކު ހަމަޖެހިގެން އެކުލެވި ލާމެހިގެން ދިވެހިން ދިރިއުޅޭ ސާދާ ދިރިއުޅުމެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ މައްޗަށް ބިނާވެފައިވަނީ ދިވެހިންގެ ފުދުންތެރިކަމެވެ. ޤައުމާއި ރަށާއި އަތޮޅާއި ސިޓީތަކުގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ޒަރޫރީ ބޭނުންތަކާއި އަސާސީ ޙައްޤުތައް ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދިނުމެވެ. ވިޔަފާރިތަކަށް ފަހި މާހައުލެއް އުފައްދައިދިނުމާއެކު، ރަށުގެ އިޤުތިޞާދުގެ ތެރެއިން ރަށު ރައްޔިތުންގެ މާލިއްޔާގެ ތަނަވަސްކަން އިތުރުކޮށް އެމާލިއްޔާއިން ރަށު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.